ޖޯޖް ވޮޝިންގޓަން
From Wikipedia, the free encyclopedia
ޖޯޖް ވޮޝިންގޓަން މަޝްހޫރު ވެފައިވަނީ އެމެރިކާގެ ބާނީ ގެ ގޮތުގައެވެ. އަދި އެމެރިކާގެ ބައްޕަގެ ގޮތުގައެވެ. 22 ފެބުރުއަރީ 1732 ގައި އުފަންވެ ވަޑައިގަތް ޖޯޖް ވޮޝިންގޓަން އަކީ އިގިރޭސިންނާއި ދެކޮޅަށް މީލާދީން 1775ން 1783 އަށް ހިންގި އެމެރިކާގެ އިންގިލާބީ ހަގުރާމައިގައި އެމެރިކާގެ ކޮންޓިނެންޓަލް އާރމީންނަށް ކާމިޔާބު ހޯއްދަވައި އެމެރިކާ މިނިވަންކުރެއްވި މޭސްތިރި އެވެ.
ޖޯޖް ވޮޝިންގޓަން | |
---|---|
އެމެރިކާގެ ފުރަތަމަ ރައީސް | |
In office ފަންވަތް:En dash range | |
Vice President | ޖޯން އެޑަމްސް |
Preceded by | (ބޭފުޅަކު ނެތް) |
Succeeded by | ޖޯން އެޑަމްސް |
Personal details | |
އުފަން ތާރީހް | ފެބްރުއަރީ 22، 1732 ވެސްޓްމޯރ ލޭންޑް ކަންޓްރީ، ވާރޖިނިޔާ |
Died | ޑިސެމްބަރ 14 1799 (67 އަހަރުގައި) މައުންޓް ވާރނޮން, ވާރޖީނިޔާ |
Nationality | އެމެރިކަން |
Spouse(s) | މާރތާ ވޮޝިންގޓަން |
Occupation | ދަނޑުވެރިކަން (ގަސް އިންދާ މީހެއް)، ސިފައިންގެ މީހެއް (ލަޝްކަރީ ވެރިއެއް) |
ދީން | އެންގްލިކަން/އެޕިސްކޯޕަލް |
Signature |
އެމެރިކަން އިންގިލާބުގެ ކާމިޔާބަށްފަހު އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޖޯޖް ވޮޝިންގޓަން ރައީސް ކަމަށް އިސްވެ ވަޑައިގަތީ 30 އޭޕްރީލް 1789ގައެވެ. ޖެހިޖެހިގެން ދެ ދައުރުގައި ރައީސް ކަންކުރައްވައި ދެވަނަ ދައުރު ނިމުމުން ރައީސް ކަމުން ވަކިވެ ވަޑައިގަތީ 4 މާރޗް 1797 ގައެވެ. ފުރަތަމަ ދައުރަށްފަހު ދެވަނަ ދައުރަށް ރައީސަކު ހޮވުމަށް 1792ގައި އެމެރިކާގައި ބޭއްވުނު އިންތިޚާބުގައި ޖޯޖް ވޮޝިންގޓަން އަށް ކާމިޔާބު ލިބިވަޑައިގަތީ އެމެރިކާ އުފައްދަވައި ގައުމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކުރުމުގައި ޖޯޖް ވޮޝިންގޓަން އަދާކުރި ދައުރާއި، ޖުމްހޫރިއްޔަތަށް އޭނާގެ ހިތުގައި އޮތް ލޯއްބެއްގެ ބޮޑު ކަމުން ކަމަށް ބުނެވެއެވެ. މިސަބަބުތަކާހުރެ ޖޯޖް ވޮޝިންގޓަން ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވެފައެވެ.