ޖޯން އެޑަމްސް
From Wikipedia, the free encyclopedia
ޖޯން އެޑަމްސް އަކީ އެމެރިކާގެ ދެވަނަ ރައީސެވެ. އޭނާ ރައީސް ކަން ކުރައްވާފައިވަނީ 1797 ން 1801 އަށެވެ. 1800 ވަނަ އަހަރުގެ އިންގިލާބާއި ގުޅިގެން ބޭއްވުނު އިންތިޚާބުގައި ތޯމަސް ޖެފަރސަން އާއި ވާދަ ކުރައްވައި ބަލިވެ ވަޑައިގެންނެވި އެވެ. ޖޯން އެޑަމްސް އަކީ އެެމެރިކާގެ ފުރަތަމަ ރިޔާސީ ދައުރުގެ ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނާއިބު ރައީސް ކަމުގައި 1789ން 1797 އަށް ހުންނެވި އެވެ.
ޖޯން އެޑަމްސް | |
---|---|
އެމެރިކާގެ ދެވަނަ ރައީސް | |
In office ފަންވަތް:En dash range | |
Vice President | ތޯމަސް ޖެފަރސަން |
Preceded by | ޖޯޖް ވޮޝިންގޓަން |
Succeeded by | ތޯމަސް ޖެފަރސަން |
Personal details | |
އުފަން ތާރީހް | އޮކްޓޯބަރު 30، 1735 ބްރެއިން ޓްރީ، މާސަޗޫސިޓްސް |
Died | ޖުލައި 4 1826 (90 އަހަރުގައި) ބްރެއިން ޓްރީ, މާސަޗޫސިޓްސް |
Nationality | އެމެރިކަން |
Spouse(s) | އަބީޖައިލް ސްމިތު |
Occupation | ގާނޫނީ ވަކީލުކަން (ގާނޫނީ ވަކީލެއް) |
ދީން | ޔުނިޓޭރިއަން/ޔުނިޓޭރިއަން |
Signature |
30 އޮކްޓޯބަރު 1735 ގައި އުފަންވެ ވަޑައިގަތް ޖޯން އެޑަމްސް އަކީ އެމެރިކަން އިންގިލާބުގައި މާސަޗޫސެޓްސްގައި ހުންނެވި ސްޕަންސަރ އެވެ. އަދި 1770ގައި މާސަޗޫސިޓްސްގެ ޑިޕްލޮމެޓަކަށް ހަމަޖެހުނެވެ. 1776 ގައި އެމެރިކާ މިނިވަން ކުރުމަށްޓަކައި ޖޯޖް ވޮޝިންގޓަން އާއި ގުޅިވަޑައިގަތް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. ތޯމަސް ޖެފަރސަން ވިސްނަވާގޮތުން ޖޯން އެޑަމްސް އަކީ ކްލޯސަސް އޮފް އިންޑިޕެންޑެންސް އެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުން އެމެރިކާގެ ސިޔާސީ ނިޒާމް ބައްޓަން ކުރުމަށް ތަފާތު ޚިޔާލުތައް ޖޯން އެޑަމްސް ދެއްވާފައި ވެއެވެ.