ފަލަ ގޮހޮރު
From Wikipedia, the free encyclopedia
ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Colon) އަކީ ބޮޑު ގޮހޮރުގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު އަށް ވެސް ބޮޑު ގޮހޮރު އޭ ކިޔައެވެ. އެއީ ބޮޑު ގޮހޮރުގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަބައިގައި ހުރި ފެން އަނބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރިތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވާތީ ފަލަ ގޮހޮރުގެ ފުރަތަމަ ބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ.
ފަލަ ގޮހޮރު | |
---|---|
Front of abdomen, showing surface markings for liver, stomach, and large intestine. | |
Gray's | subject #249 1177 |
Dorlands/Elsevier | c_47/12249855 |
ފަލަ ގޮހޮރުގައި މައިގަނޑު ބައިތަކާއި، ފާހަގަ ކުރެވޭ ތަންތަން ތިރީގައި މިވަނީ އެވެ.
- ފަލަ ގޮހޮރުގެ ފުރަތަމަ ބައި: މައްޗަށްއަރާ ފަލަ ގޮހޮރު: މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ.
- ފަލަ ގޮހޮރުގެ ދެވަނަ ބައި: ހުރަސް ފަލަ ގޮހޮރު: މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތުން ވާތަށް ހުރަހަށެވެ.
- ފަލަ ގޮހޮރުގެ ތިންވަނަ ބައި: ތިރިއަށްފައިބާ ފަލަ ގޮހޮރު: މިބައި އޮންނާނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ.
- ފަލަ ގޮހޮރުގެ ހަތަރުވަނަ ބައި: މިއީ އެންމެ ފަހު ބައެވެ. މިބައި އޮންނާނީ ވާތްފަރާތުން ހަށިގަނޑުގެ މެދާއި ކައިރިއަށް ވާގޮތަށެވެ.
- ހިޕަޓިކް ފްލެކްޝަރ: މިއީ މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭ ކަނެވެ.
- ސްޕްލީނިކް ފްލެކްޝަރ: މިއީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭ ކަނެވެ.