ފަލަސްޠީނުގެ ދައުލަތް
From Wikipedia, the free encyclopedia
ފަލަސްޠީނަކީ މެދުތެރޭ ކަނޑާއި އުރުދުން ކޯރާ ދެމެދުގައި އޮތް ބިމެވެ. މިއަދު މި ބިން ވަނީ އެތައް ބަޔަކަށް ޖައްބާރުގޮތެއްގައި އިސްރާއީލުން ނިގުޅައިގަނެފައެވެ. އިސްރާއީލާއި ހުޅަނގު އައްސޭރި އާއި ޣައްޒާ އޮތީ ފަލަސްޠީނުގެ ބިމުގައެވެ. ހަމަ އެފަދައިން މިއަދުގެ އުރުދުން އާއި ލުބުނާނާއި ސޫރިޔާގެ އިމުގެ ތެރޭގައި ވެސް ޤަދީމީ ފަލަސްޠީނަށް ނިސްބަތްވާ ބިންތައް އެބަހުއްޓެވެ. ވަކި ވެރިކަމެއްގެ ގޮތުގައި 1921 ވަނަ އަހަރު އުރުދުންގެ ރަސްކަން ޤާއިމުވުމުގެ ކުރީގައި އުރުދުން ނުވަތަ އެއިރުގެ ނަމުން ނަމަ "އިމާރަތު ޝަރްޤުލް އުރްދުން" އަކީ ވެސް ފަލަސްޠީނަށް ނިސްބަތްވާ ބިމެއްގެ ގޮތުގައި އޮތްތަނެކެވެ. މިހާރުގެ ފަލަސްޠީނު މީހުން ޤަބޫލު ކުރާ ގޮތުގައި ފަލަސްޠީނަކީ "އިމާރަތު ޝަރްޤުލް އުރުދުން" )ޓްރާންސްޖޯރޑާން( ނުހިމެނޭ ގޮތަށް "ފަލަސްޠީނުގެ ޤައުމީ ޤަރާރު" ގައި ބަޔާން ކުރެވިފައިވާ ފަދައިން 1920 ވަނަ އަހަރުން 1948 ވަނަ އަހަރަށް "ބްރިޓިޝް މޭންޑޭޓް ޕަލެސްޓައިން" ގެ ގޮތުގައި އޮތް ސަރަޙައްދެވެ. އެހެން ނަމަވެސް ޢާއްމު ގޮތެއްގައި މިއަދު ފަލަސްޠީނުގެ ނަމުން އިޝާރާތް ކުރެވެނީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްޠީނުގެ ޢަރަބިންގެ ވެރިކަން ހިނގާ ސަރަޙައްދަށް އެކަންޏެވެ. ފަލަސްޠީނުގެ ޝަހަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޝަހަރަކީ ޤުދުސްއެވެ. ޤުދުސް ނުވަތަ އޫރު ޝަލީމަކީ ފަލަސްޠީނުގެ ހިތެވެ.
Palestine[1] فلسطين Filastin |
||||||
---|---|---|---|---|---|---|
|
||||||
Anthem: Biladi adopted 1996 - Mawtiny was adopted from 1936 till 1995 | ||||||
Capital | Jerusalem (proclaimed)1 Gaza, Ramallah (administrative) | |||||
Largest city | Gaza City2 | |||||
Government | Semi-presidential; Parliamentary democracy |
|||||
- | President | Mahmoud Abbas | ||||
Establishment | ||||||
- | Declared | November 15, 1988 | ||||
Population | ||||||
- | 2009 (July)2 estimate | 4,136,540 (125th) | ||||
GDP (PPP) | 20082 estimate | |||||
- | Total | $11.95 billion2 (-) | ||||
- | Per capita | $2,9002 (-) | ||||
HDI (2007) | 0.731 Error: Invalid HDI value · 106th |
|||||
ކަރަންސީ | Jordanian dinara Egyptian Poundb Israeli shekelc (JOD, EGP, ILS) |
|||||
Time zone | (UTC+2) | |||||
- | Summer (DST) | (UTC+3) | ||||
Calling code | +9703 |
|||||
އިންޓަރނެޓް ޓީއެލްޑީ | .ps | |||||
1. | Jerusalem was designated the capital of Palestine in the declaration of independence, but Palestine exercises no control over that territory. | |||||
2. | Population and economy statistics and rankings are based on the Palestinian territories | |||||
3. | +972 is also used as well. |