މުޙައްމަދު ނަޝީދު
From Wikipedia, the free encyclopedia
އަލްފާޟިލް މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގައި 11 ނޮވެންބަރު 2008 އިން ފެށިގެން 7 ފެބްރުއަރީ 2012 އަށް ވެރިކަން ކުރެއްވި ބޭފުޅާއެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މައްޗަނގޮޅި މެދު ދާއިރާ މެމްބަރެވެ. މުޙައްމަދު ނަޝީދު އުފަންވެވަޑައިގެންނެވީ 17 މޭއި 1967 (ހިޖްރީ ސަނަތުން 7 ޞަފަރު 1387) ވީ ބުދަ ދުވަހުއެވެ. މުޙައްމަދު ނަޝީދު އަކީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ދިމިޤްރާޠީ ސިޔާސީ ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އުފެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ފަރާތެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ދިމިޤްރާޠީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހު މުޙައްމަދު ނަޝީދު ވެރިކަމާ ހަވާލުވެލެއްވީ އޭރުގެ ރައިސް މައުމޫން ޢަބްދުލް ޤައްޔޫމްއަށް ފަހުއެވެ.
މުޙައްމަދު ނަޝީދު | |
---|---|
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް | |
Incumbent | |
Assumed office އޯގަސްޓް 30، 2014 | |
Preceded by | ޑރ. އިބްރާހިމް ދީދީ |
ދިވެހިރާއްޖޭގެ 4ވަނަ ރައީސް | |
In office ފަންވަތް:En dash range | |
Vice President | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު |
Preceded by | މައުމޫނު ޢަބްދުލް ޤައްޔޫމް |
Succeeded by | ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު |
Personal details | |
އުފަން ތާރީހް | (1967-05-17) 17 މޭއި 1967 (57 އަހަރު ) މާލެ, ދިވެހިރާއްޖެ |
Political party | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ |
Spouse(s) | ލައިލާ އަބްދުﷲ |
Children | މީރާ ލައިލާ ނަޝީދު ޒާޔާ ލައިލާ ނަޝީދު |
Alma mater | Overseas School of Colombo Liverpool John Moores University |
ދީން | އިސްލާމް |
މުޙައްމަދު ނަޝީދު ތަޢުލީމް ހާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނާއި އިނގިރޭސިވިލާތުންނެވެ. މަޖީދިއްޔާއިން އޯ ލެވެލް ނިންމެވުމަށްފަހު އޭ ލެވެލް އާއި މެރިޓައިމް ދާއިރާއިން ފުރަތަމަ ޑިގްރީ ނެންގެވީ އިނގިރޭސިވިލާތުންނެވެ.
މުޙައްމަދު ނަޝީދު 7 ފެބްރުއަރީ 2012ގައި އިސްތިއުފާ ދެއްވުމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ މަޤާމާއި ހަވާލުވެލެއްވީ މުޙައްމަދު ނަޝީދުގެ ރައިސްކަމުގެ ނާއިބު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުއެވެ.
ކުރިން ހުންނެވީ: މައުމޫން ޢަބްދުލް ޤައްޔޫމް | ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 2008-2012 | ފަހުން ވަޑައިގަތީ: މުޙައްމަދު ވަޙީދު ޙަސަން މަނިކު |