މައުމޫނު ޢަބްދުލް ޤައްޔޫމް
From Wikipedia, the free encyclopedia
ފަންވަތް:Lead too short
Maumoon Abdul Gayoom | |
---|---|
3rd President of the Maldives | |
In office ފަންވަތް:En dash range | |
Preceded by | Ibrahim Nasir |
Succeeded by | Mohamed Nasheed |
Personal details | |
Born | (1937-12-29) 29 ޑިސެމްބަރ 1937 (86 އަހަރު ) Malé, Maldives |
Political party | Progressive Party of Maldives (2011–present) Dhivehi Rayyithunge Party (2005–2011) Independent (Until 2005) |
Spouse(s) | Nasreena Ibrahim |
Children | Dunya Maumoon Yumna Maumoon Farish Maumoon Ghassan Maumoon |
Religion | Islam |
އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވަނީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރު އަށް ފަހު ގައެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. މިގޮތުން ރައއްޔިތުންގެ މެދުގައި ވޯޓު ނެގެނީ ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި އެމަނިކުފާނު ރައީސްކަމުގައި ދެމިހުރުމަށް ފެންނަ ނުވަތަ ނުފެންނަ ވޯޓަކުންނެވެ. ރައީސް މައުމޫން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 ވަނަ އަހަރު ޑިސެންބަރު މަހު 29 ވަނަ ދުވަހު އެވެ. މައްޗަންގޮޅީ ކާމިނީގޭގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީ އެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫން ކަމަށް [ރައީސް ގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް] (1993) މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)