ބޮޑު ގޮހޮރު
From Wikipedia, the free encyclopedia
ބޮޑު ގޮހޮރު (އިނގިރޭސި ބަހުން: Large intestine)އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު އަށް ވެސް ބޮޑު ގޮހޮރު އޭ ކިޔައެވެ. އެއީ ބޮޑު ގޮހޮރުގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަބައިގައި ހުރި ފެން އަނބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރިތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.
ބޮޑު ގޮހޮރު | |
---|---|
Front of abdomen, showing the large intestine, with the stomach and small intestine in dashed outline. | |
Front of abdomen, showing surface markings for liver (red), and the stomach and large intestine (blue). | |
Latin | intestinum crassum |
Gray's | subject #249 1177 |
Lymph | inferior mesenteric lymph nodes |
Dorlands/Elsevier | i_11/12456545 |
ބޮޑު ގޮހޮރު ފެށިފައި އިންނަނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު (އިނގިރޭސި ބަހުން: Iliac region)އޭ ކިޔޭ ހިސާބުގައެވެ. ބޮޑު ގޮހޮރުގައި ހިމެނެނީ މައިގަނޑު ދެބަޔެކެވެ. އެއީ ސީކަމް އަދި ފަލަ ގޮހޮރު އެވެ. ބޮޑު ގޮހޮރުގެ ދިގުމިނުގައި 1.5 މީޓަރު ހުރެއެވެ. ބޮޑު ގޮހޮރުގެ މައިގަނޑު ދެބަޔަކީ ކުރިން ބުނި ދެބައި ނަމަވެސް، އެނަޓަމީ ޢިލްމުވެރިން ބޮޑުގޮހޮރުގެ ބައިތަކުގެ ގޮތުގައި ފާހަގަކުރާ އާންމު ބައިތައް ތިރީގައި މިވަނީ އެވެ. ބޮޑު ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިން ކުޑަ ގޮހޮރުއަށްވުރެ އެތަކެއް ގުނައެއް ފުޅާވާނެއެވެ.
ބޮޑު ގޮހޮރު ގައި ސީކަމް އިން ފެށިގެން ހުރަސް ފަލަ ގޮހޮރުގެ މެދާއި ހަމައަށް އިންނަ ބަޔަށް ކަނާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. އަދި ހުރަސް ފަލަ ގޮހޮރުގެ މެދުން ފެށިގެން ގޮސް ސިގްމޮއިޑް ގޮހޮރުގެ ނިޔަލަށް އިންނަ ބަޔަށް ވާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. ބޮޑު ގޮހޮރުގެ ޕީއެޗް ހުންނަނީ 7-5.5 އާއި ދެމެދުގެ މިންވަރެއްގައެވެ.