ރޫސީވިލާތް
From Wikipedia, the free encyclopedia
ރަޝިޔާ ނުވަތަ ރޫސީވިލާތަކީ ބިމުގެ ގޮތުން ބަލާއިރު މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ޤައުމެވެ. އެއީ މުޅި ދުނިޔޭގެ ބިމުގެ އަށްބައިކުޅަ އެއްބައި ޙިއްޞާކުރާ ޤައުމެވެ. އާބާދީގައި 142 މިލިޔަން މީހުން ތިބި ރަޝިޔާއަކީ އާބާދީގެ ގޮތުން ބަލާއިރު ދުނިޔޭގައި ނުވަވަނައަށް އެންމެ ބޮޑު އާބާދީ އޮތް ޤައުމެވެ. ދުނިޔޭގައި ހުރި ހަކަތަ އުފައްދާ ވަސީލަތްތަކުގެ އެންމެ ބޮޑު ރިޒަރވެއް ހުރީ ރަޝިޔާގައެވެ. އެހެން ކަމުން ރަޝިޔާ ބެލެވިފައިވަނީ ހަކަތައިގެ ސުޕަރ ޕަވަރުގެ ގޮތުގައެވެ. ރަޝިޔާއަކީ އ.ދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު ލިބިގެންވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމެވެ. ދުނިޔޭގައި ރަސްމީ ގޮތުން ނިއުކްލިޔަރ ހަތިޔާރު ހުރި ހަތް ޤައުމުގެ ތެރެއިން އެއް ޤައުމެވެ. ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ވެސް ރަޝިޔާއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. މި ގޮތުން އެންމެ ފުރަތަމައަށް ޖައްވަށް މީހަކު ފޮނުވާފައިވަނީ ވެސް ރަޝިޔާއެވެ. ދުނިޔޭގެ ހެރިޓޭޖު ސައިޓުތަކުގެ ތެރެއިން 23 ސައިޓު ހުރީ ރަޝިޔާގައެވެ. އަދި ހަމަ އެހެންމެ ޔުނެސްކޯގެ ބައޮސްފެއަރރިޒަރވްތަކުގެ ތެރެއިން 40 ރިޒަރވް ވެސް ހުރީ ރަޝިޔާގައެވެ.
| ||||||||
މޮޓޯ: ނެތް | ||||||||
ޤައުމީ ސަލާމް: ރޫސީވިލާތުގެ ޤައުމީ ސަލާމް | ||||||||
ވެރިރަށް | މޮސްކޯ | |||||||
އެންމެ ބޮޑު ޝަހަރު | ވެރިރަށް | |||||||
ރަސްމީ ބަސް (ތައް) | ރޫސީ ބަސް | |||||||
ސަރުކާރު | ނިޞްފު-ރިޔާސީފެޑެރަލް ޖުމްހޫރިއްޔާ ލަޑިމިއަރ ޕޫޓިން މިޚައިލް ފްރެޑްކޯފް | |||||||
ފޯމޭޝަން - ޢިއުލާންކުރީ - ނިންމުން |
ޖޫން 12، 1990 ޑިސެމްބަރު 25، 1991 | |||||||
އަކަމިން • ޖުމްލަ • ފެން (%) |
17,075,400 އކކމ (1ވަނަ) 13 | |||||||
އާބާދީ • 2006 އަންދާސީ. • 2002 ބޯހިމެނުން • އަކަބުރަ |
142,754,000 (9ވަނަ) 145,274,019 އކކމ/8.3(209ވަނަ) | |||||||
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ) • ޖުމްލަ • ޕަރ ކެޕިޓާ |
2008 އަންދާސީ $2.227 ޓްރިލިއަން (7ވަނަ) $15,696 (-) | |||||||
އ.ތ.ފ (2004) | 0.806 (63ވަނަ) – މެދުމިން | |||||||
ފައިސާ | ރޫބެލް (RUB ) | |||||||
ވަގުތު ޒޯން • ހޫނު މޫސުމް (ދ.ރ.ވ) |
(ވ.ބ.ގ+2 އިން +12) (ވ.ބ.ގ+3 އިން +13) | |||||||
އިންޓަނެޓް މ.ދ.އ | .ru (.su ރިޒަރވްކުރެވިފައި) | |||||||
ފޯން ކޯޑު | +7 | |||||||